ރާއްޖެއިން އިތުރު 552 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ފާއިތުވީ ސައުވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް 552މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 271މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 249މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 31 މީހުންނާއި ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި ީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 68،502 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި އުޅޭއިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 18،462އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 164 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،758 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 49،844 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،043 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 187އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 170 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ