ޕާލަމެންޓަރީ އިންކުއަރީ ރިޕޯޓް ފުރިހަމަ ވާނެ، އެއްވެސް ފަރާތަކުން ހުރަހެއް ނާދޭ: އަސްލަމް

ޕާލަމެންޓަރީ އިންކުއަރީ ރިޕޯޓް ފުރިހަމަ ވާނެ، އެއްވެސް ފަރާތަކުން ހުރަހެއް ނާދޭ: އަސްލަމް

Author
ޢަލީ އާދަމް
07 ޖޫން 2021 01:38
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީ އެއްކޮށް ނިންމާ ނެރޭ ރިޕޯޓު ފުރިހަމަ ވާނެ ކަމަށާއި ކޮމިޓީން ސުވާލުކުރަން ބޭނުންވާ އެންމެނާ ސުވާލު ކުރާނެ ކަމަށް 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހިންގާ މި އިންކުއަރީއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ކުރައްވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

"ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރީއަށް ހުރަސްއަޅާ ކަމެއް އަދި ފާހަގަކުރެވިފައެއް ނުވޭ، ފުލުހުން ވެސް، އެމްއެންޑީއެފްގެ ވެރިން ވެސް، އަދި ވެސް އެހެން ބޭފުޅުން ވެސް ހަމަ ކޮމިޓީއަށް ހާޒިރުވެ ކުރާ ސުވާލުތަކަށް ޖަވާބުދީ އެއްބާރުލުން ދެމުން ދަނީ"  – އަސްލަމް

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުން ހިންގަނީ އެއްވެސް ހާލެއްގައި ތަހުގީގެއް ނޫންކަމަށާއި މިއީ އިންކުއަރީއެއް ކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކުރާ ފަރާތްތަ ހާޒިރުކުރަނީ އެއްވެސް ހާލަތެއްގައި ތަހުގީގަކަށް ބަޔާން ނަގަން ހާޒިރުކުރާ އުސޫލުން ނޫންކަމަށާއި އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިތީން މި ކަމާގުޅޭގޮތުން ސުވާލުކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކާއި ސުވާލު ކުރާނެ ކަމަށާއި އޭގެ ތެރޭގައި މުވައްސަސާ ތަކާއި ވަކިވަކި ފަރުދުންގެ އިތުރުން މިނިސްޓަރުން ނާއި އެނޫންނެސް ބޭބޭ ފުޅުންނާވެސް ކޮމިޓީން ބޭނުންވެއްޖެ ނަމަ ސުވާލު ކުރާނެ ކަމަށެވެ. އަދި ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލެވޭ އިންކުއަރީ ރިޕޯޓާއި ހަމައަށް ދާއިރު މިކަމާގުޅޭ އެންމެހާ ކަމެއް ފުރިހަމައަށް އެނގޭނެ ރިޕޯޓެއް ނެރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.