ޑީއެޗް-11 ގައި ފަރުވާދެމުންދިޔަ 100 އަހަރުގެ މީހަކު ނިޔާވެއްޖެ

ޑީއެޗް-11 ގައި ފަރުވާދެމުންދިޔަ 100 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2021 10:45
0

ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 100 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑްގައި މިހާތަނަށް ނިޔާވި އެންމެ ދުވަސްވީ މީހާއެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:33 ހާއިރުއެވެ. މިއީ ރާއްޖެއިން މިބަލީގައި މަރުވި 187 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 170 ދިވެހިންނާއި 17 ބިދޭސީންނެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި ދެވަނަ މީހާއެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

އިއްޔެވެސް ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ 3 މީހަކު ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ދިވެހި އަންހެނަކާއި 41 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.