ޓެކްނިކަލް މައްސަލަތަކެއް ދިމާވެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި

ޓެކްނިކަލް މައްސަލަތަކެއް ދިމާވެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2021 10:37
0

މަޖިލީހުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކެންސަލް ކޮށްފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މަޖިލީހުގެ ޖަލްސާއައްވެސް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން ބައެއް ދުވަސްދުވަހު ޖަލްސާ ބޭއްވޭ ވަގުތުވެސް ލަސްވެއެވެ. މަޖިލިސް އިދާރާއިން ބުނެފައިވަނީ ޖަލްސާ ކެންސަލް ކޮށްފައިވަނީ މައްސަލަ ހައްލު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެތީކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ކެންސަލް ކުރި ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މިއަދު މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީގެ އިންކުއަރީއާއި ގުޅޭގޮތުން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.