ނަޝީދު އެންމެ ހާލުގައި އޮންނެވި ދުވަހު ކަރަށްފައިން އަރާނީ ހާދަގޮތެއް ނެތީމައޭ: މީކާއިލް

ނަޝީދު އެންމެ ހާލުގައި އޮންނެވި ދުވަހު ކަރަށްފައިން އަރާނީ ހާދަގޮތެއް ނެތީމައޭ: މީކާއިލް

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2021 10:02
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ހާލުގައި އޮންނެވި ދުވަހު އެމަނިކުފާނުގެ ކަރަށް ފައިން އަރަށް ދިމާކޮށްފައިވާކަމީ އެފަދަ މީހުންގެ އެއްވެސް ގޮތެއް ފޮތެއްނެތްކަން ހާމަވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލުމާއި ގުޅިގެންނެވެ.

މިމައްސަލަ ކޮމިޓީން ބޭރުކޮށްލާފައިވަނީ އެމްޑީޕީގެ މެޖޯރިޓީއޮވެ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްއެވެ.

މިކަމާއި ގުޅިގެން މީކާއިލް ވިދާޅުވީ މިއިން ކޮންމެ މެމްބަރަކު މަޖިލިސްއަށް އިންތިޚާބު ވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ހިތްޕަވައިގެން ކުރެއްވި ކެމްޕެއިނުން ކަމަށެވެ. ނަމަވެސް މިއަދު އެމެމްބަރު އެމަނިކުފާނުގެ ކަރަށް ފައިން އަރަން އުޅުމަކީ އެމެމްބަރުންގެ ގޮތެއް ފޮތެއް ނެތްކަން ހާމަވާކަމެއްކަމަށެވެ.

ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ!

– މީކާއިލް ވިދާޅުވިއެވެ.

ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުއްވުމަށް ފަހު، އިމްތިޔާޒު ކޮމިޓީން އޭނާގެ މައްސަލައިގައި ގޮތެއް ނިންމަން ނަޝީދު ފޮނުއްވުމުން ދެ ފަރާތުގެ ފިއްތުންތައް ވެސް ކުރިމަތިވި ކަމަށް ވެ އެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ މެދު މަޖިލިސް ދެ ބަޔަކަށް ބެހިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ގެންދެވީ އިމްތިޔާޒު ކޮމިޓީގެ މެމްބަރުންނަށް ގުޅުއްވައި އެ ބޭފުޅެއްގެ ވިސްނުން ހާމަކުރައްވަމުން ކަމަށް ވެއެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގައި އިތުރު ފަރުވާ އަށް މިވަގުތު ހުންނެވީ ޖަރުމަނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.