ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ފަރުވާދެމުން އައި 41 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު މިހާތަނަށް ކޯވިޑްގައި ވަނީ 185 މީހަކު ނިޔާވެފައެވެ.
ރާއްޖޭގައި ކޯވީޑްގެ ޢަދަދުތައް ދަށްވަމުން ދިޔަނަމަވެސް އަނެއްކާވެސް 500 އިން މައްޗަށް ކޭްތައް ވަނީ ޖެހިލާފައެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލީގައި 184 މީހަކު ނިޔާވެފައިވާއިރު، ފާއިތުވީ ސައްވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް 590 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 389 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 195މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވީ 6 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 67،538 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި އުޅޭއިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 20،014އަށް ތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 191މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެތެރޭގައި 1603 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 47،333 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،256 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 182އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 168 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ