ކޯވިޑް ބަލީގައި މިއަދު އިތުރު ދެމީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި މިއަދު އިތުރު ދެމީހަކު ނިޔާވެއްޖެ

Author
ހުސެއިން
06 ޖޫން 2021 10:27
0

ކޯވިޑް19 އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި މިއަދުގެ އެންމެ ފުރަތަމަ މީހާ ނިޔާވެފައިވަނީ، ރޭގެ މެންދަމު 12:47ގައެވެ. އެއީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ.

ދެވަނަ މީހަކު ނިޔާވެފައިވަނީ، މިއަދު ހެނދުނު 8:00ގައެވެ. އޭނާއަކީވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 82 އަހަރުގެ އަންހެނެކެވެ. މިއި މިބަލީގައި ރައްޖެއިން ނިޔާވި 184ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު އަނެއްކާވެސް 500 އިން މައްޗަށް ޖެހިލައިފި އެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި 184 މީހަކު ނިޔާވެފައިވާއިރު، ފާއިތުވީ ސައްވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް 590 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 389 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 195މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވީ 6 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 67،538 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި އުޅޭއިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 20،014އަށް ތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 191މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެތެރޭގައި 1603 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 47،333 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،256 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 182އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 165 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.