ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

Author
ހުސެއިން
03 ޖޫން 2021 04:52
0

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ހެލްތުމިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ، މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖެއަށް އަދިވެސް އިންތިހާއަށް އެބައޮތް ކަމަށާއި، އަދި ކޯވިޑް19 އާއި ގުޅިގެން ފާއިތުވެދިޔަ އަހަރުގެ މާރޗް 12 އިންފެށިގެން ދަމަހައްޓަމުން އައި ކުއްލި ނުރައްކަލުގެ ހާތުގެ މުއްދަތުގައި، މި ބަލި ފެތުރެމުން ދިއުމުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ.

އެހެންކަމުންވެސް، ރާއްޖޭގައި އާންމުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އެގޮތުގައި ދަމަހައްޓަންޖެހެނީ، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާތީކަމަށްވެސް، ހާލަތު އަލުން ދެމެހެއްޓުމަށް ނަސީމް ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ލިޔުއްވާފައި ވެއެވެ.

މިގޮތުން، ބަލީގެ ހާލަތު ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ވަގުތާއި ހާލަތުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަަޅުތައް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫގެ ދަށުން އަޅުއްވަމުން ގެންދިމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް، މިގަރާރުންވަނީ ލަފާ ދެއްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އަލުން އިތުރު ކުރައްވާފައިވަނީ މިއަދުންފެށިގެން އިތުރު 1 މަސްދުވަހުގެ މުއްދަތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.