މަރުވެ، ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގެ ގަލޮޅުގެ ގެއެއްގެ ތެރެއިން ކުނިވަސް ދުވާތީ ރިޕޯޓު ކޮށްފައިވަނީ ރޭގެ ދަންވަރު 2:33 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ލިބުމާއެކު، އެގެއަށް ގޮސް ބެލިއިރު، މަރުވެގެން ގިނަ ދުވަސްވެފައިވާކަމަށް ބެލެވޭ އަންހެނެއްގެ ހަށިގަޑު އެގެއިން ފެނިފައިވާ ކަމަށެވެ.
ފުލުހުން ފަހުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުފައިވަނީ، އުމުރުން 27 އަހަރުގެ އަންހެނެއްގެ ހަށިގަޑެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ އެގޭގައި އެކަނިމައިއެކަނި ދިރިއުޅެމުން އައި މީހެކެވެ.
މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ