މިއީ އެއްވެސް ޝަރުތަކާއި ނުލައި އަދާލަތު ޕާޓީ ސަރުކާރުން ވަކިވާންވީ ވަގުުތު: މަލީހު

މިއީ އެއްވެސް ޝަރުތަކާއި ނުލައި އަދާލަތު ޕާޓީ ސަރުކާރުން ވަކިވާންވީ ވަގުުތު: މަލީހު

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2021 04:40
0

މިއީ އެއްވެސް ޝަރުތަކާއި ނުލައި އަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް ޝައިހު އިމްރާން މިސަރުކާރު ކޯލިޝަނުން ފެޔަށް ޖެހެންވީ ވަގުތު ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި މިކަމުގައި ސަރުކާރުންވެސް އަދި، ސަރުކާރު ހިންގާ ކޯލިޝަންގެ ދީނީ ކަންކަމުގައި ބަސްކިޔާ އަދާލު ޕާޓީންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ މިވަގުތަކީ އަދާލަތު ޕާޓީން މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ ތެރެއިން ވަކިވާންވީ ވަގުތުކަމަށެވެ. މިސަރުކާރުން އަދާލަތު ޕާޓީގެ ސްލޮޓްގައި ޖެންޑަ މިނިސްޓްރީގެ ވަޒީރުކަން ކުރެއްވި ޝިދާތާ މަޤާމުން ވަކިކޮށް، އެމަޤާމުވެސް އަދާލަތަށް ދީފައިނުވާއިރު، ޝިދާތާއިމެދު ކަންތައް ކުރެއްވި ގޮތް ހަނދާނަށް ގެނައުމަށް މަލީހު ވަނީ އަދާލަތަށް ގޮވާލާފައެވެ. އަދި މިހާރު ފެނިގެން މިދަނީ މިސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އަސްލު ސިފަ ކަމަށާއި، އެމްޑީޕީ ބޮޑުތަނުން ބަލިވެގެންދާނެކަމަށް މަލީހު ވިދާޅުވިއެވެ.

އިތުރު އެއްވެސް ބަހަނާއެއް ނުދައްކަވާ އަދާލަތު ޕާޓީއާއި ޝޭހު އިމްރާން މިސަރުކާރާއި ދުރުވާންވި ވަގުތު މިއޮތީ އައިސްފަ. ލަސްނުކުރައްވާ. ޖެންޑަރ މިނިސްޓްރީވެސް ނުދިނެއްނޫންތޯ. ޝިދާތާޔަށްވެސް ހެދީ ކިހާ އިހާނެތިކޮށް ތޯ؟ އެޖެންޑާ 19ގެ އަސްލު ސޫރަ ތިލަވަމުން މިދަނީ. އެމްޑީޕީ ބަލިވާނެ.

– މަލީހު ވިދާޅުވިއެވެ.

މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާޕަލަތު ޕާޓީގެ ރައީސް ޝައިހު އިމްރާނަކީ މީގެ ކުރިން އެމްޑީޕީއަށް އެންމެބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެއްބޭފުޅާއެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން މިސަރުކާރުން ކޮންމެ ގޯހެއް ހެދިކަމުގައި ވީނަމަވެސް އަދާލަތުން އެކަމުގައި އެއްވެސް އެއްޗެއް ބުނާތަނެއް ނުފެނެއެވެ. މިކަމުގައި ގިނަބައެއްގެ ފާޑުކިޔުން ވަނީ އަދާލަތު ޕާޓީއާއި އިމްރާނަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Adam
ނެތް ބަހެއް ބުނެވޭކަށް. ވަޒީފާ ގަނޑު ގެއްލޭނެ. ޢިމްރާނު އެހުރީ ނަގޫފިތި ބާރުވެފައި. މޭޑޭ މުޒާހަރާގެ މަޤްޞަދު ހާސިލް ވެފައި.
A Adindaa19
ނަގޫ އިންނަނީ ކޮން ދިމާލެއްގަބާ. ފިތިފަ އިންކަން ކިހިނެއް އެގެނީ ؟މޭޑޭ އާ ސަންޑޭ ވެސް އަންނާނެ . ބަލަން ތިބެބަލަ .
j jaabir
އަދާލަތު ވަތްކެއް ނުވާނެ އެއަކީ އިސްލާމްދީނަށާ ރަސޫލާއަށް ފުރައްސާރަ ކޮށް ލިޔުންތައް ނެރޭއިރުވެސް ޗުއްޕް ވެސް ނުބުނެ ތިބި ބަޔެއް. މިބުނީ އިމްރާންގެ ވާހަކަ . ކުރީގެ ސަރުކާރު ތަކަށްވެސް ފާޑުކީ މިނިސްޓަރ ކަމެއް ނުދީގެން . ރާ ހުއްދަކޮށް އޫރުމަސް ކަންމަތީ ފހާރައިން ވިއްކާ ޔަހޫދީންގެ އެހީހޯދިޔަސް މިހާރު ބުނާނެ އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެކޭ. އެކަމަކު މިފަދަ ކަންތަކާ ދެކޮޅަށް ޢިމްރާނު ރައީސްއޮފީސް ދޮށަށް ދިޔަތަންވެސް ދުށިން . އެއީ މިނިސްޓަރ ކަމެއް ނުލިބޭއިރު.ޢިމްރާނު ކުރިމަތީގަ އިސްލާމް ދީނާ ޚިލާފަށް ކިތައްމެ ނުލަފާ ކަމެއް ކުރިޔަސް އޭނާ ދެނަހުރި ކަމަކަށް ވެސް ނުހަދާނެ ކަން އެނގޭތީ ބުއްޅަ އޭނާއަށް ސަޕޯޓް ކުރަނީވެސް.
ކ ކެޔޮޅު
ހިޔޮނުވާނެ މަލީހު އައް ވުޒާރާއެއް އުފައްދާފަވެސް މިނިސްުޓަރު ކަން ހަވާލު ކޮއްދީބަލަ އެސޮރު މޮޔަވެދާނެ..