ކަރަންޓް ބުރުމާއެއް ވަގަށް ނެގި މައްސަލައިގެނައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
މިމީހާ ހޯދަން އެދިފައިވާއިރު، އޭނާ ބުރުމާ ވަރަށް ގެންދާ ވީޑިއޯވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ. މި މީހަކީ 2021 އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.
މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485230 އެވެ.
ކޮމެންޓު ފޮނުވާ