ލާދީނީއޭ، ކިޔައިގެން އަނގަ ހައްދު ޖެހިޔަސް އެހެންކިޔާނަން: ހިސްޓޯ

ލާދީނީއޭ، ކިޔައިގެން އަނގަ ހައްދު ޖެހިޔަސް އެހެންކިޔާނަން: ހިސްޓޯ

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2021 01:57
0

އިސްލާމްދީނާއި، ޚިލާފަށް ހިތްވަރު ލިބިދޭ ގޮތަށް އަމަލުތައް ބަހައްޓާ މީހުންނާއި ދިމާލާށް ލާދީނީއޭ ކިޔުން ނުހުއްޓޭނެކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހެޅުއްވި އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި، ހިސްޓޯ ވިދާޅުވީ ދީނީ ޚިލާފް ކަންކަންކޮށް ދީނަށް ހަޖޫޖަހާ މީހުންނާއި ދިމާލަށް ލާދީނީ އޭ ކިޔޭނެކަމަށެވެ.

ލާދީނީ މީހުނަށް ލާދީނީ ކިޔޭނެ، ކިޔާނެ. އެހެން ކިޔައިގެން އަނގަ ހައްދު ޖެހިޔަސް ކިޔޭނެ، ކިޔާނެ. މާއްދާ 27 ދައްކައިދޭ މަގަކީ އެއީ.

– ހިސްޓޯ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއން ދިވެހި ކޮންމެ ރައްޔިތަކަށް ޚިޔާލް ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ލިބިގެންވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

އިސްލާމް ދީނާއި ޚިލާފު ވާހަކަތައް ދެއްކުމަކީ ކުށަކަށްވާއިރު، އިސްލާމް ދީނަށް ފުރައްދާރަކުރުމާއި ދީނުގައި ހުރި ސާބިތު ހުކުމްތަކަށް ފާޅުގައި އިންކާރު ކުރުމަކީ ކުށެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިކަމަށް އެއްވެސް އަޅައިލުމެއްނެތި ވަކި ކަމަކަށް ޤާނޫނަށް ބަދަލު ގެނައުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.