ރެއާލް ދޫކޮއްލީ އިތުބާރު ނުކުރާކަން އިހްސާސްވާތީ: ޒިދާން

ރެއާލް ދޫކޮއްލީ އިތުބާރު ނުކުރާކަން އިހްސާސްވާތީ: ޒިދާން

ދެވަނަ ފަހަރަށް ރެއާލް މެޑްރިޑް ދޫކޮއްލަން ޖެހުނީ ކުލަބުން އޭނާއަށް އިތުބާރު ނުކުރާކަން އިހްސާސް ކުރެވޭތީ ކަމަށް ޒިދާން ބުނެފިއެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ އޭއެސް އިން ވަނީ ޒިދާން އެ ކްލަބްގެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއް ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ޒިދާން ބުނީ 2018 ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރެއާލް ދޫކޮށްލީ ވަރަށް ރަނގަޅަށް އެ ކްލަބް ކުރިއަރުވައި ކާމިޔާބީގެ އެންމެ މަތީ ފަންތީގައި ބޭއްވުމަށް ފަހު ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރު ޓީމު ދޫކޮށްލަން ޖެހުނީ މުޅިން ތަފާތު ހާލަތެއް އޮއްވައި ކަމަށް ޒިދާން ވަނީ ބުނެފައެވެ.

"މީޑިއާ އިން ފެންނަނީ ދެން އިން މެޗަކުން ބަލިވެއްޖިއްޔާ އަހަރެން މަގާމުން ވަކިކުރާނެ ވާހަކަ. އަހަންނަށް އަސަރުކުރޭ ގަސްދުގައި ބަޔަކު ޓީމުގެ މެސެޖްތައް މީޑިއާ އަށް ލީކުކޮށް ޓީމުގެ ރޫހު ގެއްލުވާލާތީ"

– ޒިދާން

ރެއާލަކީ އެންމެ މަތީ ލެވަލްގައި އޮންނަން ޖެހޭ ކްލަބަކަށް ވެފައި އޭނާ ހުރެ އެކަން އެގޮތަށް ނުކުރެވޭއިރު މަގާމުގައި ދެމިހުންނަން ބޭނުންނުވީ ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ޒިދާން ވަނީ ސެވިއްޔާ އާއި ރެއާލް އެއްވަރުވި މެޗުގައި މި ސީޒަނަށް ފަހު ދެން އޭނާ ރެއާލްގެ ކޯޗުގެ މަގާމުން ނުފެންނާނެ ކަމަށް ކުޅުންތެރިން ގާތުގައި ބުނެފައެވެ. ސީޒަން ނިމުނުތަނާ ޒިދާން ވަނީ ދެ ވަނަ ފަހަރަށް ރެއާލް ދޫކޮށްލަން ނިންމިކަން ކްލަަބަށް އަންގައި މަގާމު ދޫކޮށްލާފައެވެ. ރެއާލް ކޯޗުކަން ފުރަތަމަ ދޫކޮށްލިތާ އަހަރެއް ނުވަނިސް ޒިދާން އެ ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވީ 2019 ވަނަަ އަހަރުގެ މާރިޗް މަހުގަ އެވެ.

މިއީ މިދިޔަ 10 އަހަރު ތެރޭ ރެއާލުން ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *