އެތުލެޓިކޯއަށް ތަށި ހޯދައިދިނުމަށްފަހު ސިމިއޯނީ ރާއްޖޭގައި

އެތުލެޓިކޯއަށް ތަށި ހޯދައިދިނުމަށްފަހު ސިމިއޯނީ ރާއްޖޭގައި

Author
އިބްރާހީމް ސާޢިދު
01 ޖޫން 2021 09:05
0

އެތުލެޓިކޯ މެޑްރިޑަށް މި ފަހަރު ސްޕެނިޝް ލީގު (ލަލީގާ) ހޯދައިދިން ކޯޗު ޑިއޭގޯ ސިމިއޯނީ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސްޕެއިނުގެ އިބީޒާގައި ސިމިއޯނީގެ އާއިލާގެ މެމްބަރެއްގެ ކައިވެނި ބާއްވާފައިވާއިރު، އެ ޕާޓީތަކަށް ފަހު ސިމިއޯނީ ނިންމީ އޭނާގެ އަންހެނުންނާއި ދަރިންނާ އެކު ޗުއްޓީ އަކަށް ރާއްޖެ އައުމަށެވެ.

 

View this post on Instagram

 

A post shared by Diego Pablo Simeone (@simeone)

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓްތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

އެތުލެޓިކޯއަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު ސިމިއޯނީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ވަނީ 9 ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު އަދި ޔޫރޮޕާ ލީގު ދެ ފަހަރު ހޯދައިދީފައި ވެއެވެ. އެތުލެޓިކޯ އިން މި ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައި މިވަނީ ހަތް އަހަރު ދުވަހަށް ފަހުންނެވެ.

ސިމިއޯނީ މީގެ ކުރިން ވެސް ވަނީ ސީޒަން ނިންމާލުމަށް ފަހު ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. މީގެއިތުރުން އޭނާ މީގެ ކުރިން އޮފް ސީޒަނުގައި އުފަން ގައުމު އާޖެންޓީނާއަށް ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.