މިއަދުވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ދަންވަރު 3:00 އާއި ހަމައަށެވެ. މި ސަރައްހަދުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
Alert white for strong winds & rough seas pic.twitter.com/T9FrqaXlex
— Maldives Meteorology (@MetMaldives) May 31, 2021
މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެން ހިސާބުތަކަށް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 – 7 ފޫޓު ހުންނާނެ ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ