މިސްކިތްތައް ބަންދުކޮށް، މިސްކިތްތަކުން ފެން ކަނޑާލަން އެންގީ އެލްޖީއޭއިން

މިސްކިތްތައް ބަންދުކޮށް، މިސްކިތްތަކުން ފެން ކަނޑާލަން އެންގީ އެލްޖީއޭއިން

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 09:06
0

މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީގޮތުން ބަންދުކޮށް މިސްކިތްތަކުގެ ފެންކަނޑާލުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވަނީ އެލްޖީއޭއިންކަން ހާމަވެއްޖެއެވެ.

މިމަހުގެ 29 ވަނަ ދުވަހު އެލްޖީއޭގެ ސީއީއޯ އަފްޝާން ލަތީފް ސޮއިކުރައްވައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ކޯލިޑް ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުވެ ހުންނާތީ ޕޮލިސީ ގްރޫޕްގައި މަޝްވަރާކޮށް ބައެއް ނިންމުންތައް ވަނީ ޕޮލިސީ ގްރޫޕް ބައްދަލުވުމުގައި ނިންމާފައިކަމަށެވެ. މިގޮތުން މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތަކާއި އިސްކުރުބަރިތައް ބަންދު ނުކޮށް ހުންނާތީ އަދިވެސް ގިނަބަޔަކު އެތަންތަން ބޭނުންކުރާތީ ބަލިފެތުރުން އިތުރުވުމުގެ ފުރުސަތު އޮތަތީވެ، މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތައް ބޭނުންނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް ވަނީ ޕޮލިސީ ގްރޫޕް ބައްދަލުވުމުން ނިންމަވާފައިވާކަމަށެވެ.

ޕޮލިސީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ބަންދުކޮށް ބޭނުން ނުކުރެވޭ ގޮތަށް މިސްކިތްތަކުގެ ފެންކަނޑާލުމަށް އަދި މިސްކިތްތަކުގެ ފާޚަނާތައް ބަންދުކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

މާލެ ސިޓީގެ މިސްކިތައް ބަންދުކޮށް ފެންކަނޑާލާފައިވާއިރު ގިނަބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ގޭގޭގައި ނަމާދު ކުރެވޭނެ ގޮތެއްނެތި މިސްކިތްތަކަށް ދިއުމުންވެސް ނަމާދު ކުރެވޭނެ ގޮތެއް ނެތުމަކީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމީ، މިމަހުގެ 19 ވަނަ ދުވަހުގެ އެ މިނިސްޓްރީން އެންގި އެންގުމާ ޚިލާފަށް، ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީއާއި، ކޯވިޑް-19ގެ ޙާލަތު މާލޭގައި ފެތުރުން އަދިވެސް ކޮންޓްރޯލްނުކުރެވޭތީކަމަށެވެ. އަދި މިމަހުގެ 26 އިން ފެށިގެން ހުއްދައާއި ނުލާ އާއްމުން ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާތީކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަފޫ
މިސްކިތައް ދުވަހަކު ނާރާއިންސާނަކު މިސްކިތައް ނަމާދުކުރަން އަރާ އެހެންމީސްތަކުން އެރުންމަނާކުރަން އެންގުމަކީ މިސަރުކާރުގެ މަތިފަޑީގައިތިބެނީ ދީނަށްފުރައްސާރަ ކުރުމުގައި އަވަދިނެތި އުޅޭބައެއްކަން ހާމަވޭ....ހާދަހިތާމަވެރި ކަންބޮޑުވުމެކޭ.. މާތްﷲއަށް ދުޢާކުރުން ގިނަކުރަންޖެހޭ ދަނޑިވަޅެއްގައި މިސްކިތްތަކަށް އަޅުކަންކުރަން އެރޭގޮތްނުވެ މިސްކިތްތައް ބަންދުކުރުމަކީކޮންފަދަނުބައިވެގެންވާ ޢަމަލެއްކަން އެނގޭބަޔަކު މިފަދަކަމެއްނުކުރާނެ..