ވެރިން ފެއިލްވުމުގައި މަތިއަޅަން ކުޅޭކުޅޭ ކަމަކަށް، ނަޝީދުގެ ތަހުގީގް ހަދައިފި: ޖަމީލް

ވެރިން ފެއިލްވުމުގައި މަތިއަޅަން ކުޅޭކުޅޭ ކަމަކަށް، ނަޝީދުގެ ތަހުގީގް ހަދައިފި: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 04:48
0

ވެރިންގެ ފެއިލްވުމުގައި މަތިއަޅަން ކުޅޭކުޅޭ ކަމަކަށް، ނަޝީދުގެ ތަހުގީގް ހަދައިފައިވާކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދރ.ޖަމީލް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ކުއްލި ގޮތަކަށް ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކުރުމާއި ގުޅިގެންނެވެ. ޖަމީލް ވިދާޅުވީ ތަހުގީގް މިހާތަނަށް ގޮސްފައިވާ ހިސާބެއް އަދި ކުރެވޭ ގޮތެއްވެސް ނަޝީދުގެ އާއިލާއަށްވެސް ނޭގޭ ކަމަށެވެ. އަދި މިކަމުގައި ސާފު މަންޒަރެއް ނުފެނި ތަހުގީގް ނުނިމެނީވެސް އެއްވެސް ބަޔަކާއިމެދު ފިޔަވަޅު އެޅުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަޙްޤީޤު ގޮސްފައިވާ ހިސާބު ޢާއިލާއަށް ނޭނގޭ. އެސްޕީޖީ ހެޑް ބަދަލުކުރުމުން މެސެޖް ސާފު. ހުރިހާ އިލްޒާމް ވަކި ބަޔަކަށް. ތަޙްޤީޤް ނުނިންމާ އަދަބުދިނުން ހުއްޓާލަންޖެހޭ. ވެރިންގެ ފެއިލްވުމުގައި މަތިއަޅަން ކުޅޭކުޅޭ ކަމަކަށް މިތަޙްޤީޤް ހަދައިފި. ޑރ.ޖަމީލް ވިދާޅުވިއެވެ.

ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެނެސްފައިވަނީ ސީދާ ރައީސް ޞާލިހުގެ އެންގުމަށްކަމުގައި ސަރުކާރުންވަނީ މިއަދު ބުނެފައެވެ.

ސިފައިންގެ އެސްޕީޖީއަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ މޭޖަރ މޫސާ ރަމީޒު އެވެ. މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލު ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.