ފުލުހުންގެ ޚިދުމަތާއި ގުޅުނު ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ހުވައި ކޮށްފި

ފުލުހުންގެ ޚިދުމަތާއި ގުޅުނު ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ހުވައި ކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 12:42
0

ފުލުހުންގެ ޚިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށްތިބި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ އައްޑޫ ހައި ސްކޫލުގެ ހޯލްގައި ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވައި ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ހާޝިމްއެވެ.

އެ ރަސްމިއްޔާތުގައި ހުވައި ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރީގެ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުންނެވެ. އަދި މާލޭގައި މަސައްކަތްކުރާ 15 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހަކު އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވެ ހުވައި ކޮށްފައިވެއެވެ.

ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކު ވެސް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.