މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި މިލަދޫ ޕޮލިސް ޑެސްކް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިލަދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ދިވެހހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭން ފުރައިގެން މިލަދުއަށް ދަތުރުކުރި ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ 11:35 ހާއިރު މިލަދޫ ބަނދަރުމަތިންނެވެ.
އެ ލޯންޗުން ބޭލި ކޮތަޅެއް ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އެ ކޮތަޅު ބަލައިފާސްކުރިއިރު ކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 56 ރަބަރު ޕެކެޓާއިި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ