މާލެ ސިޓީ ކައުންސިލްގެ ޙާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަނީ

މާލެ ސިޓީ ކައުންސިލްގެ ޙާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަނީ

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 10:35
0

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސިޓީ ކައުންސިލް މިހާރު އޮތް ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ކައުންސިލުން ހަވާލުވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މަޤާމާއި ހަވާލުވިފަހުން މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކޮންމެ ދުވަހަކުވެސް ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ސިޓީ ކައުންސިލުން މިހާރު ކުރައްވާ މަސައްކަތްތައް ގިނަބަޔަކު ދަނީ ފާހަގަކޮށް، ސިޓީ ކައުންސިލްގެ މޭޔަރަށް ތައުރީފް ކުރަމުންނެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ، މަސައްކަތްތައް ރަނގަޅަށް ފެށިގެން ގެންދިއުމަށްޓަކައި، ކައުންސިލްގެ ހާލަތު ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައި ގަންނަވާކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި، މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަން ކުރުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ޙާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމުގައި މުހިއްމުކަމެއް. ވުމާއެކު، ޙާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްދުކުރަން. މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލުކޮށް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުއިއްޒު ވަނީ ރައީސް ޞާލިހުއާއިވެސް މަޝްވަރާ ކުރައްވައި، މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޞާލިހުވަނީ މާލެސިޓީގެ ތަރައްޤީއާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.