ޤައުމެއްގެ ދޭތެރޭ އޮތް މައްސައެއްގައި ޤުރުބާންކުރެވޭ ޤައުމަކަށް ރާއްޖެ ވެގެން ނުވާނެކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.
މިކަމާއި ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުން އޮތްއިރު، ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް ލިމިޓެއްނެތި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރުމުގެ ޖާގަ އެއްވެސް ގައުމަކަށް ދީގެން ނުވާނެކަމަށެވެ. އަދިއީ ޤައުމުގެ މިނިވަންކަމަށް ރައްކާތެރި ކަމެއްވެސް ނޫންކަމަށެވެ. ވަކި ޤައުމަކާއި ދޭތެރޭގައި ހާއްސަ ކަމެއް ހުރުމަކީ އެޤައުމަކަށް ހައްދެއްނެތް މިންވަރަށް ކަންކަން ފަހިކޮށް ދިނުންކަމަށް ވެގެން ނުވާނެކަމަށެވެ. އަދި ވަކި ދެޤައުމެއްގެ ދޭތެރޭގައި އޮތް ވާދަވެރިކަމެއްގައި ޤުރުބާން ކުރެވޭ ޤައުމަކަށް ރާއްޖެ ވެގެން ނުވާނެކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
ލިމިޓެއްނެތި ވަކި ޤައުމަކައި، ގުޅުން ބަދަހި ކުރުމަކީ ރާއްޖެ ކަހަލަ ޤައުމަކަށް ރައްކާތެރި ކަމެއްނޫން. ޚާއްސަ ކަމެއް ވަކި ޤައުމުތަކަކަށް ހުއްޓަސް އެވެސް ހުންނަންވާނީ ހައްދެއްގެ ތެރޭގައި! 2 ޤައުމެއްގެ ދޭތެރޭ އޮތް މައްސައެއްގައި ޤުރުބާންކުރެވޭ ޤައުމަކަށް ރާއްޖެ ވެގެން ނުވާނެ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންވާ އަދި އެފަދަ ކަމެއް ކުރަން ޖާގަލިބޭފަދަ ކަމަކަށްވެސް އެއްވެސް ބަޔަކު ޖާގަ ދީގެން ނުވާނެކަމަށެވެ. މިނިވަންކަމުން ކިތަންމެ ކުޑަމިންވަރެއް ވިޔަސް ގެއްލުމަކީ އެއީ ޤައުމަކަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ކަމާއި، ސިޔާދަތަށް ކުޑަވެސް ނުރައްކަލެެއް ވެދާނެ އެއްވެސް ކަމެއް އަޅުގަނޑު ދާއީދެއް ނުކުރަން! އަދި ނުވެސް ކުރާނަން! ޤާއުމުގެ މިނިވަންކަމަށް އެންމެ ޕަސެންޓެއް ގެއްލުން ވިޔަސް އެއީ ވަރަށްބޮޑު ގެއްލުމެއް.
ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ