އެއްވެސް މުއައްސަސާއެއް، ވަކިފަރުދެއްގެ ޖަގަހައަކަށް ނުހެދޭނެ: މަލީހު

އެއްވެސް މުއައްސަސާއެއް، ވަކިފަރުދެއްގެ ޖަގަހައަކަށް ނުހެދޭނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
29 މެއި 2021 09:19
0

ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ވަސީލަތެއް މިހާރު ބޭނުން ކުރަމުންދާތަން ފެންނަނީ އެންމެ ފަރުދަކަށް ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ބިނާވެފައިވަނީ މަޖިލިސް ރައީސް އަށް ދެވުނު ހަމަލާ ގާތުން ބަލައި އެކިއެކި މަސައްކަތް ކުރުމަށެވެ. އެގޮތުން މަޖިލީހުން އިންކުއަރީއެއް ހެދުމާއި، ތަހުގީގް ހިނގަމުންދާ ގޮތް ބެލުމާއި، ފުލުހުންނާއި ސިފައިންގެ ސެކިއުރިޓީ ކަންކަން އޮތްގެއް ބެލުމާއި، މިނޫންވެސް މިމައްސަލައާއި ގުޅުންހުރި ގިނަ ކަންތައްތަކެއް  މަޖިލީހުގެ ތަޅުމުގައާއި، ކޮމިޓތަކުގައި ދަނީ ކުރެވެމުންނެވެ.

މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ވަކި ފަރުދެއްގެ ޖަގަހައަކަށް ވެގެން ނުވާނެކަމަށެވެ. ނަމަވެސް މިއަދު މަޖިލިސް ފެނިގެންދަނީ ވަކީ ފަރުދެއްގެ މައްސަލަތައް ބަލައި ވަކި ވަފުރެއްގެ ކަންކަން ކުރުމަށް ހުރިހާ ވަސީލަތެއް ހުސްވެފައިވާ މުވައްސަސާއެއްގެ ގޮތުގައި ކަމަށެވެ. މިއީ މިކަން ކުރެވިގެންދާނެ ގޮތެއް ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ މުއައްސަސާއެއް އެއްވެސް އެއް ފަރުދެއްގެ ޖަގަހަޔަކަށް ވެގެންނުވާނެ. މިއަދު މުޅި މަޖިލިހުގެ ރިސޯސްތައް ބޭނުންކުރެވެމުންދާތަން މިފެންނަނީ އެއްފަރުދަކަށް. ކީއްވެތޯ ބޮޑު ޚަރަދު ދައުލަތުންކުރާ ފޯމާރ ޕްރެސިޑެންޓްގެ އޮފީސް ބޭނުން ނުކުރައްވަނީ. ނޫނީ އެމްޑީޕީ އޮފީސް.

– މަލީހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި އާންމުކޮށްފައިވާ މައުލޫމާތާއި ގުޅިގެން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބެލުމަށްވެސް މިއަދު ވަނީ ނިންމާފައެވެ.

މިމައްސަލައަކީ ޤަޢުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Y Yamin
ޙާދަ އަސަރެއް ކުރެޔޭދޯ