އޭދަފުށިން ނިޔާވި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އޭދަފުށިން ނިޔާވި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 މެއި 2021 08:29
0

ބ.އޭދަފުށީގައި ނިޔާވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިމަރާއިއެކު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ.

އޭދަފުށިން ނިޔާވި މީހަކީ އުމުރުން 77 އަހަރުގެ މީހެކެވެ. މިމީހާއަކީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހާ ނިޔާވުމާ ގުޅިގެން ހެދި ސާމްޕަލް ނަތީޖާ ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. މިއީ ބ.އަތޮޅުން ކޯވިޑަށް ބަލީގައި ނިޔާވި 3 ވަނަ މީހާއެވެ.

މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 86 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް 156 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 119 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.