ކޮރަޕްޝަނާއި، ދެކޮޅަށް މަސައްކަތްކުރާ ކަމަށް ދައްކަނީ ދަޅަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެސެޓް ރިވަކަވަރީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ނަން އޮތް ސަރުކާރުގެ މަގާމުގައި ތިބި ބޭފުޅުން ވަކި ކުރަނީ ދައުވާ އުފުލުމުން ކަމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ފެނިގެންދަނީ ސަރުކާރުންވެސް ކޮމިޝަނަށް އިތުބާރު ނުކުރާ މަންޒަރުކަމަށެވެ.
ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެނިގެންދަނީ ރައްޔިތުންނަށް ދަޅަ ދައްކައިގެން ކޮރަޕްޝަންގެ ކަންކަން ބަލާކަމަށް ދެއްކުން ކަމަށެވެ. ނަމަވެސް އެއްކަމެއްގައި ފިޔަވަޅު ނާޅައި، ފެނިގެންދަނީ އިހުލާސްތެރިކަމެއްނެތް މަސައްކަތްތަކެއް ކުރަމުންދާ މަންޒަރުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ސަރުކާރުންވެސް އިތުބާރު ނުކުރަނީތަ؟ ކޮރަޕްޝަނާއި، ދެކޮޅަށް މަސައްކަތްކުރާ ކަމަށް ދައްކަނީ ދަޅަ! ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް!
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މިމަހުގެ 19 ވަނަ ދުވަހު ފާސްކޮށްފައެވެ.
މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި އެމްއެމް.ޕީ.އާރް.ސީގެ ވައްްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ލަސްވެފައިވާކަމާއި، ރިޕޯޓްގައި ހިމަނާފައިވާ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮންނާނޭ ފަރާތްތަކެއްކަމަށްވާތީ، މި މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގައި ދެންނެވުމަށް ފެންނަކަމަށެވެ.
މަޖިލީހުގެ މިނިންމުމާއި ގުޅިގެން މިހާތަނަށް މަޤާމުން އިސްތިއުފާ ދެއްވާފައިވާނީ އޮޑިޓަރ ޖެނެރަލްގެ މަޤާމު ފުރުއްވި ހަސަން ޒިއަތު އެކަންޏެވެ.
ކޮމެންޓު ފޮނުވާ