ނަޝީދުގެ ހަމަލާއަށްފަހު، އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި

ނަޝީދުގެ ހަމަލާއަށްފަހު، އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 މެއި 2021 05:28
0

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކޮށްފިއެވެ.

އެސްޕީޖީގެ ކޮމާންޑަރުންގެ ގޮތުގައި މިހާރު ތިއްބެވި ކޮމާންޑަރުން ބަދަލު ކޮށްފައިވަނީ ކޮން ސަބަބަކާއި ހެދިކަމެއް ހާމަކޮށްފައި ނުވި ނަމަވެސް މިބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުންވެސް ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ސިފައިންގެ އެސްޕީޖީއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ ލިފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ މޭޖާ މޫސާ ރަމީޒު އެވެ.

މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.