ނަޝީދުގެ އާއިލާގެ ރައްކާތެރިކަން ގެއްލިއްޖެ، ކޮމިޓީން މައްސަލަ ބަލަނީ

ނަޝީދުގެ އާއިލާގެ ރައްކާތެރިކަން ގެއްލިއްޖެ، ކޮމިޓީން މައްސަލަ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
29 މެއި 2021 04:51
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި އާންމުކޮށްފައިވާ މައުލޫމާތާއި ގުޅިގެން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކައި ބެހޭ ކޮމިޓީން ބެލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީއާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް އޮންލައިން ނޫހެއްކަމުގައިވާ މިހާރު ނޫހުގައި ލިޔެފައިވާ އާޓިކަލްއާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މަޢުލޫމާތާއި، ޚާއްޞަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްޞީލީ މަޢުލޫމާތު ބަޔާންކޮށްފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.

އެފަދަ މަޢުލޫމާތަކީ އާންމުކޮށް ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަންޢާންމު ރައްކާތެރިކުރުމުގެ ގޮތުން މަޢުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ޚާއްޞަކޮށްފައިވާ ބަޔަކު އެއްކުރާ މަޢުލޫމާތުތަކެއްކަމަށް ކޮމިޓީން ދެކޭކަމަށެވެ.

ނަމަވެސް މި މަޢުލޫމާތު އެގޮތަށް ޢާންމު ވުމަކީ، ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ.ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއްކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް، ސިފައިންގެ
ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ޙިއްސާކުރުމަކީ މަނާކަމެއްކަމަށާއި އަދި އެއީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްކަމަށެވެ.

މިމައްސަލައަކީ ޤަޢުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިމައްސަލަ ބެލުމަށް ނިންމާފައިވާކަމަށް ސަލާމަތީ ޚިދުމަތްތަކައި ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޫހި
ދިވެހިންނަށްް އިންޑިޔާގެެ ކިބައިންް ވެސްް ސަލާމަތެއްނެތް