ކޮންސިއުލޭޓެއް ޤާއިމްކޮށްގެން ދުނިޔޭގައި މިހާތަނަށް ތަރައްޤީވި ޤައުމެއް ނުވަތަ ޝަހަރަކީ ކޮބައިތޯ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާގެ މައި ސަރުކާރުގެ ކެބިނެޓުން ފާސްކުރި އިރު ދިވެހި ސަރުކާރުން އަދި އޮތީ ގޮތެއް ނުނިންމައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހުގެ 26 ގައި ބޭއްވެވި ނޫސް ކޮންފަރެންސްގައި ވިދާޅުވި ގޮތުގައި އެކަމާ ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމައިފައެއްނެތެވެ. އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އައްޑޫސިޓީއަށް ނިސްބަތްވާ މެމްބަރުންނާއި، މޭޔަރުގެ ތާއީދު އޮތްކަން ދަނީ ހާމަ މަކޮށް މިކަމުން ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށް ހާމަ ކުރަމުންނެވެ.
މިކަމާއި ގުޅިގެން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވީ ބޭރު މީހުންގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއްގެ ސަބަބުން އެފަދަ އިދާރާއެއް ޤާއިމްކުރެވޭ ޤައުމެއް ނުވަތަ ސަހަރެއް ތަރައްޤީ ވާގޮތެއް އެއްވެސް ގޮތެއް ނުވިސްނޭކަމަށެވެ.
ބޭރު މީހުންގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއްގެ ސަބަބުން އެފަދަ އިދާރާއެއް ޤާއިމްކުރެވޭ ޤައުމެއް ނުވަތަ ސަހަރެއް ތަރައްޤީ ވާގޮތް މި ނިކަމެތި ސިކުޑިއަކަށް ނުވިސްނިގެން މިއުޅެނީ. ކޮންސިއުލޭޓް ޤާއިމްކޮށްގެން ތަރައްޤީވި ޤައުމު ނުވަތަ ސަހަރަކީ ކޮބައިތޯ؟
– ނިޔާޒް އިބްރާހިމް ވިދާޅުވިއެވެ.
އައްޑޫ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމާއި ދެކޮޅަށް ގިނަބަޔަކު އަޑު އުފުލަމުންދާއިރު، މިކަމުގައި މިހާތަނަށް ސަރުކާރުގެ އެއްވެސް ބަހެއް ބުނެފައިވުނެވެއެވެ. މިކަމާއި ގުޅިގެން އިދިކޮޅޮ ކޯލިޝަނުން ބުނެފައިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޤާއިމްކުރުމަށް ބޭނުންވާ ސަބަބުތައް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ