އޮންލައިންކޮށް ކުރިޔަށްދިޔަ މަޖިލިސް ސެޝަންގައި، ކެމެރާ ކުރިމަތީގައި ކުޑަކަމު ދިޔަ މެމްބަރު މާފަށް އެދިވަޑައިގެންފި

އޮންލައިންކޮށް ކުރިޔަށްދިޔަ މަޖިލިސް ސެޝަންގައި، ކެމެރާ ކުރިމަތީގައި ކުޑަކަމު ދިޔަ މެމްބަރު މާފަށް އެދިވަޑައިގެންފި

Author
ހުސެއިން
29 މެއި 2021 09:50
0

ކެނެޑާގެ މަޖިލިސް ސެޝަންއެއް އޮންލައިންކޮށް ކުރިޔަށް ދަނިކޮށް، ކެމެރާ ކުރިމަތީގައި ކުޑަކަމުގެ ދިޔަ މެމްބަރު، ވީޑިއޯއަށް އަރާގޮތަށް ކުޑަކަމުގެ ދެވިފައިވާތީ، މާފަށް އެދިވަޑައިގެންފިއެވެ.

އޭނާ މާފަށް އެދިވަޑައިގެންފައި މިވަނީ، މަޖިލިސް ސެޝަންގެ އެހެން ވީޑިއޯ ކޯލެއްގައި އޭނާ ބަރަހަނާކޮށް ހުންނަވަނިކޮށް ފެނިގެން ދިޔަތާ ހަފްތާތަކެއް ފަހުންނެވެ.

ކެނެޑާގެ ގާނޫނުހަދާ މަޖިލިސް މެމްބަރެއް ކަމުގައިވާ ވިލިއަމް އާމޮސް ވިދާޅުވެފައިވަނީ، މިހާދިސާ ހިގާފައިވަނީ، ބުދަ ދުވަހު، "އާންމު ކުރެވިފައިނުވާ އިންތިޒާމު ތަކެއްގެދަށުން، ހައުސް އޮފް ކޮމޮންސްގެ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް" ކަމަށެވެ.

މަޖލިސް މެމްބަރު، މޭޒުމަތީގައި ހުރި ކޮފީ ތައްޓަކަށް ކުޑަކަމުދާ މަންޒަރު ވަނީ މަޖިލިސް ސެޝަންގެ ވީޑިއޯއަށް އަރާފަ

އާމޮސްއަކީ ކެނެޑާގެ ލިބަރަލް ޕާޓީއަށް ނިސްބަތްވާ، ޕާލަމެންޓްގެ ފެޑެރަލް މެމްބަރެކެވެ.

"އަހަރެން ކުޑަކަމު ދިޔައީ ކެމެރާގެ ކުރިމަތީގެ ހުރެވޭކަން ނޭގި" ޓުވިޓަރގައި އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ. "އަހަރެން މިހިރީ އެކަމާ ވަރަށް ބޮޑަށް ލަދުވެތި ވެފައި،" މި ބަޔާނުގައި އޭނާ އިތުރަށް ބުނެފައި ވެއެވެ.

"މިއީ ގަސްތަލާއި ނުލާ ހިގާފައިވާ ކަމަކަށް ވެފައި، އަދި އާންމުންނަށް ފެންނަގޮތަށް ހިގާފައިވާ ކަމަކަށް ނުވި ނަމަވެސް، މިއީ ގަބޫލު ކުރެވޭނެ ޒާތުގެ ކަމެއް ނޫން، އަދި އަހަރެން ވަރަށް އިޚްލާސްތެރިކަމާއެކު މާފަށް އެދެން،" އޭނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ، ކެމެރާ ކުރިމަތީގައި އާމޮސްއަށް މިފަދަ ހާދިސާއެއް، ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ކުރިމަތިވި ދެވަނަ ފަހަރެވެ.

މިއަހރުގެ އެޕްރިލްމަހުގެ 14 ވަނަ ދުވަހު، އާމޮސްވަނީ، ގާނޫނު ހަދާ މަޖިލީހާއެކު ކުރިޔަށްދިޔަ ވިޑިއޯ ކޯލްއެއްގައި ބަރަހަނާ ކޮށް ހުންނަވަނިކޮށް ފެނިފައެވެ. މި ވީޑިއޯ ކޯލްގެ، އޭނާގެ ބަރަހަނާ މަންޒަރުގެ ސްކްރީން ޝޮޓްތަށް އޮންލައިން މީޑިއާތަކުގައި ފުޅާދާއިރާއެއްގައި ވަނީ ދައުރުވެފައެވެ.

މި ވީޑިއޯ ކޯލްގައި އާމަސް ބަރަހަނާކޮށް ހުންނަވަނިކޮށް ފެނުމާއެކު، އޭނާގެ ޕާޓީގެ މެމްބަރެއްކަމުގައިވާ ކްލައުޑް ބެބެލެފުއިލް ވަނީ، އޭނާ ބަރަހަނާކޮށް ހުންނަވަނިކޮށް ފެންނަ މަންޒަރު ފެންނަންހުރިކަން އެވަގުތު ފާހަގަ ކޮށްފައެވެ.

"ސުވާލުކުރުން ކުރިޔަށްދިޔަ ވަގުތުގައި، މަޖިލިސް މެމްބަރަކު އެކަށީގެން ނުވާ ގޮތަކަށް ހެދުން އަޅުއްވައިގެން ހުންނެވި މަންޒަރު އެބަފެނޭ. އަދި ހުންނެވީ ބަރަހަނާކޮށް. އެހެންކަމުން، މެމްބަރުންގެ ސަމާލުކަމަށް މިކަން ގެންނަން. އަދި ޚާއްސަކޮށް ފިރިހެން މެމްބަރުންނަށް، އެއީ އެބޭފުޅުންގެ ރަސްމީ ހެދުންކޮޅަކީ ކޯޓާއި ޓައީ ކަމަށް ވާތީ،" މަޖިލިސް ސެޝަން ތަރުޖަމާ ކުރަމުންދިޔަ ތަރުޖަމާނާއި ހަވާލާދީ ތަރުޖަމާ ކުރެވިގެންދިޔަ ކްލައުޑް ބެބެލެފުއިލް ވާހަކާގައި އޭނާ ވިދާޅުވެފައި ވެއެވެ.

އެޕްރިލްމަހު އާމޮސް ވަނީ ހާދިސާއާއި ގުޅިގެންވެސް މާފަށް އެދިފައެވެ. އަދި، ވިދާޅުވެފައިވަނީ، "މިއީ ވަރަށް ދެރަކޮށް ދިމާވި ހާދިސާއެއް" ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މިހާދިސާ ދިމާވީ އޭނާ ޖޮގިން ނިންމާފައި ރަސްމީ ހެދުން ލުމަށް ހެދުން ބަދަލު ކުރިވަގުތާއި ދިމާވެގެން ކަމަށެވެ.

އާމޮސްއަކީ، ކެނެޑާގެ މަޖިލިސް މެމްބަރަކަށް ވުމުގެ އިތުރުން، އޭނާއަކީ، ކެނެޑާގެ މިނިސްޓަރ އޮފް އިނޮވޭޝަން، ސައިންސް އެންޑް އިންޑަސްޓްރީގެ ޕާލަމެންޓްރީ ސެކެޓްރީވެސް މެއެވެ.

"އަހަރެން ނިންމައިފިން، ޕާލަމެންޓްރީ ސެކެޓްރީގެ މަގާމުންނާއި، އަދި ކޮމިޓީގެ މަސައްކަތުން ވަގުތީގޮތުން ދުރަށްދާން، އަދި އެހެން މީހުންގެ އެހީތެރިކަން ހޯދަން،" އެންމެ ފަހުގެ ހާދިސާއަށްފަހު އޭނާ ވިދާޅުވެއެވެ.

އެހެންނަމަވެސް، މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އާމޮސްއަކީ ކުރީގެ ތިމާވެއްޓާއި ބެހޭ ގާނޫނީ ވަކީލެކެވެ. އޭނާ އެންމެ ފުރަތަމަ ކެނެޑާގެ ގާނޫނުހަދާ މަޖިލީހަށް އިންތިޚާބު ވެފައިވަނީ 2015 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.