ޕޮޒިޓިވްވި އަދަދު 1،000 ދަށަށް، މިއަދު ޕޮޒިޓިވްވީ 901 މީހުން

ޕޮޒިޓިވްވި އަދަދު 1،000 ދަށަށް، މިއަދު ޕޮޒިޓިވްވީ 901 މީހުން

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 10:21
0

ކޯވިޑް-19އަށް އިތުރު 901 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހއްދުން ޕޮޒިޓިވްވި 446 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 417 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 11 މީހުންނައި، އިންޑަސްޓްރިއަލް ރަށްތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 61،818 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،818 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 252 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،497 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 36،862 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،821 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 15 މީހުންވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.