އެއްގޮތަކަށްވެސް ނުވަދެވޭހެން މިސްކިތްތައް ބަންދު ނުކުރެވޭނެ، މިސްކިތްތައް ހުޅުވާ: އަލީ ރަމީޒު

އެއްގޮތަކަށްވެސް ނުވަދެވޭހެން މިސްކިތްތައް ބަންދު ނުކުރެވޭނެ، މިސްކިތްތައް ހުޅުވާ: އަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 08:12
0

އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް، މިސްކިތްތައް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ބޮއްސުންލާފައިވާތީ މިސްކިތްތައް ބަންދުކޮށް އެއްގޮތަކަށްވެސް ނަމާދު ނުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ އެންމެނަކީ އެއްހާލަތެއްގައި ދިރިއުޅޭ ބައެއް ނޫންކަމަށެވެ. ގޭތެރޭގެ ހާލަތު ހުންނަގޮތުން ގޭގައި ނަމާދު ނުކުރެވޭ މީހުންނަށް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ މަގު ހުޅުވިފައި އޮންނަންޖެހޭކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

އެއްވެސް ގޮތަަކަށް މިސްކިތްތަކަށް ނުވަދެވޭ ގޮތަށް މިސްކިތްތައް ބަންދުކޮށް، މިސްކިތްތަކަށްދާ މީހުން ޖޫރުމަނާކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، މިސްކިތްތައް ހުޅުވާފައިވާ ބެހެއްޓުމަށް އަލީ ރަމީޒު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް، މިސްކިތްތައް ބަންދު ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެ ކަމެއްނޫން. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަން ތަނަކީ ފަސޭހައިން ނަމާދު ކުރެވޭ ގޮތަށް ހުންނަ ތަންތަނެއްނޫން. މިސްކިތްތައް ހުޅުވާ.

– އަލީ ރަމީޒު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މިމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ވަނީ ބަންދުކޮށްފައެވެ. މިހާރު މިސްކިތްތަކުގައި ވަނީ މީހުން ނަމަދުކުރަން ވަންނާތީ ފެންވެސް ކަނޑާލާފައެވެ. އަދި ބައެއް މީހުން ނަމާދަށް ދިއުމަށް ބުނުމުންވެސް ފުލުހުން އެމީހުން ޖޫރިމަނާކުރަމުންދާކަމަށް ބައެއް މީހުން ދަނީ ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމީ، މިމަހުގެ 19 ވަނަ ދުވަހުގެ އެ މިނިސްޓްރީން އެންގި އެންގުމާ ޚިލާފަށް، ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީއާއި، ކޯވިޑް-19ގެ ޙާލަތު މާލޭގައި ފެތުރުން އަދިވެސް ކޮންޓްރޯލްނުކުރެވޭތީކަމަށެވެ. އަދި މިމަހުގެ 26 އިން ފެށިގެން ހުއްދައާއި ނުލާ އާއްމުން ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާތީކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުލްބުލް
މިއުޅޭ ކިއްޗަޅޭ ހަމީދު އާއި މި މިނިސްޓަރަކީ މި ސަރުކާރުގައި ތިބި އެންމެ ނާޢާބިލު 2 މޒިހުން.
މ މޫސަ
ހަރަމްފުޅުވެސް ބަންދުކުރަންޖެހުނީމައި ބަންދުކުރީ މިފަދަކަންކަން ނުފެންނަނީތަ
H Hasssan