މުއިއްޒު ސްޕީޑާއިމެދު އުފާކުރަން، ސިޓީ ކައުންސިލް ހުރިތަނެއްކަން މިހާރު އެނގޭ: ޒައިދު

މުއިއްޒު ސްޕީޑާއިމެދު އުފާކުރަން، ސިޓީ ކައުންސިލް ހުރިތަނެއްކަން މިހާރު އެނގޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 07:16
0

މާލެ ސިޓީ ކައުންސިލު އޮތްކަމަށާއި، ސިޓީ ކައުންސިލްގެ މަސައްކަތްތާއިމެދު މިއަދު އުފާކުރައްވާ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާލެ ސީޓީ ކައުންސިލާއި، މިހާރު އޮތްކައުންސިލުން ހަވާލުވުމަށްފަހު މާލެ ސިޓީގެ އެކި ކަންކަމުގައި ހަރަކާތްތެރިކަމާއިއެކު އުޅުވާތީ އެކަމަށް މަރުހަބާ ވިދާޅުވެ، ޝައިޚު ޒައިދު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ހުރިތަނެއް ކަމާއި، މަސައްކަތް ކުރެވޭ ތަނެއްކަން މިއަދު ރައްޔިތުންނަށް ފެންނަމުންދާކަމަށެވެ. މިއަދު މާލެ ސިޓީ މޭޔަރު ޑރ.މުއިއްޒު މަސައްކަތުގައި ގެންގުޅުއްވާ ސްޕީޑާއިމެދު ނުހަނު އުފާކުރައްވާކަމަށް ޝައިޚު ޒައިދު ވަނީ ވިދާޅުވެފައެވެ.

މާޝާﷲ. މުއިއްޒުގެ ސްޕީޑާއިމެދު ވަރަށް އުފާކުރަން! މިހާރު މާލެ ސިޓީ ކައުންސިލް އެއީ ހުރިތަނެއްކަމާއި ހިނގާ ތަނެއްކަން ރައްޔިތުންނަށް ފެންނަން ފަށައިފި. އިހުސާސްވާން ފަށައިފި. މަރުހަބާ މުއިއްޒު.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ޝައިޚު ޒައިދު މާލެ ސިޓީގެ މަސައްކަތްތަކައިމެދު ހިތްހަމަ ޖެހިވަޑައިގެން ޓްވީޓު ކުރައްވާފައިވަނީ މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމަށްޓަކައި ފެށި މަސައްކަތުގެ ބޮޑުބައި ނިންމައި އެކަން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ. މިމަސައްކަތް ކުރަނީ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށެވެ.

މާލޭ ސިޓީއަކީ ހިތްފަސޭހަ ތަނަކަށް ހަދައި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މުއިއްޒު އިސްވެ ހުންވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.