އުއްތަމަ ފަނޑިޔާރާއި، މަޖިލިސް ރައީސްއަށް ގެކޮޅު ހަމަޖައްސައި، ހުރިހާ ޚަރަދެއް ދައުލަތުން ބަލަހައްޓަނީ

އުއްތަމަ ފަނޑިޔާރާއި، މަޖިލިސް ރައީސްއަށް ގެކޮޅު ހަމަޖައްސައި، ހުރިހާ ޚަރަދެއް ދައުލަތުން ބަލަހައްޓަނީ

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 05:11
0

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރު ކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖައްދައި ހުރިހާ ޚަރަދެއް ދައުލަތުން ބަލަހައްޓަން ޖެހޭ ގޮތަށް ސަރުކާރުން ދެބިލަށް އިސްލާހު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިދެބިލު މަޖިލީހަށް ހުށަހަޅައި، ފުރަތަމަ ކިޔުން އިއްވާފައިވަނީ މިހަފްތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހުގެ ރައީސަށް ޚާއްސަ ގެކޮޅު ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ބިލަށެވެ. މިއިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ. އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމަށް އިސްލާހު ގެންނަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށެވެ. މިއިސްލާހު ހުށަހެޅުވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބެލިކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.

ދެބިލުގައިވެސް މައިގަނޑު ގޮތެގައި ހުރީ އެކަންތައްތަކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެކަމަށް ވަނީ ބުނެފައެވެ.

މިދެގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. މި ހަމަލާއަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮސް ދީފައިވާ ޓެރަރިސްޓް ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައި ހުރި ރޭޒާ ފުއްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އޮޕަރޭޝަނަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ ޖަރުމަނަށް ގެންގޮސްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގް ކަމާއިބެހޭ ފަރާތްތަކުން ކުރަމުންދާއިރު، މިމައްސަލާގެ އެންމެ ފުނަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދނިް ހަމަލާގެ ތަހުގީގް އެންމެ އެކަށީގެންވާ ގޮތަށް ނުދާކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ފާޅު ކުރަމުންނެވެ. ހަމަލާ ދިންތާ އެތައް ދުވަހެއް ވެގެންދާއިރުވެސް މިކަމަށް ފަންޑު ކުރި މީހުން ހޯދުމަކީ މިހާތަނަވެސް ކުރެވިފައި ނުވާކަމެއްކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜޮޒޭ
ގެކޮޅު ހަމަޖެހުނީމަ އަންނަންދޮތަ އެހުރީ ސަރުކާރުން ހުރުމާ ކެއުމުގެ ޚަރަދު ހަމަޖެއްސީމަ މަޖްލިހުން ނަގާ އެލަ ވަންސް ނަގައިގެން ނުވާނެތާ. ދެން މުލީއާގޭގަ ހުރިއިރު ހެދިހެން ފާޑުފާޑުގެ ފުޅިތައްވައްދާ ޕާރޓީ އެންމެނަށް ކޮންމެ އިރަކު ކައްކަކައްކާފަ ޕާރޓީ ދޭނީކީނޫން
ފ ފިނިފެންމާ
މި ދައުލަތަށް ނުއުފުލޭވަރުގެ ޚަރަދުތައް ކުރަން ނުޖައްސަބަލަ. ރާއްޖެއަަަށްވުރެ މާ މުއްސަދި ގައުމުތަކުންވެސް ނުކުރާ ޚަރަދު ކީއްކުރަންތޯ ކުރަން ތިއުޅެނީ.