ކޯވިޑް-19 ޖެހިގެން މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އެ މީހާގެ އުމުރަކީ 61 އަހަރެވެ. ކޯވިޑްގައި މީގެ ކުރިން މިއަދު ތިން މީހަކު ވަނީ ނިޔާވެފައެވެ. އެއީ 56 އަހަރުގެ އަންހެނަކާއި، 54 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ.
ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި 4 މީހުންނާއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައެވެ. އަދި މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 155 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 118 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ