މާލެއަށް އެރި ގަދަ ވަޔާއެކު، ސަލްޓަން ޕާކްގައި ހުރި ބޮޑު ގަހެއް ވެއްޓި އެ މަގު ބަންދުވުމާއި ގުޅިގެން ސިޓީ ކައުންސިލުން، މިއަދު މެންދުރު 12:30 ކަންހާއިރު ގަސް ނަގައި، މަގު ހުޅުވާލައިފިއެވެ.
މިއަދު ހެދުނު ގަސް ވެއްޓުމާއި ގުޅިގެން އެމަގުވަނީ ބަންދުވެފައެވެ. ވެއްޓުނު ގަސްނަގައި މަގު ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވަނީ މިއަދު ހެދުނު 9:30 ހާއިރުގައެވެ. މަސައްކަތް ފެށިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ މަގު ސާފުކޮށް، އާންމުންނަށް ބޭނުން ކުރެވޭނެހެން މަގު ހުޅުވާލާފައެވެ.
ގަސްވެއްޓުނީ ހެނދުނު 7 ހާއިރު.@MaleCitymv އިން ސައިޓަށް ދިޔައީ 9:30 ގައި.މަގުސާފު ކޮށް އާންމުންނަށް ހުޅުވާލީ 12:30 ގައި.ސާބަހޭ @AdamRamyz.ތިޔަ ނިންމާލެއްވީ “ޔާނު” ސްޕީޑުގަ.ހުރިހާ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން.@MMuizzu @MuizzuMayor @MaleCitymv pic.twitter.com/NN7Xmf0KUM
— Ibrahim Shujau (@shuja3831) May 28, 2021
ލިލީ މަގަށް ވެއްޓިފައިވަނީ ސަލްޓަންޕާކުގެ އެމަގަށްވާ ދޮރާއްޓާއި ދިމާލަށްހުރި ބޮޑު ގަހެކެވެ. ބޮޑު ގަހެއްވެއްޓި މަގު ބަންދުވެފައިވާއިރު، އެ މަގަކީ ދެކޮޅަށް ދުއްވާ މަގެކެވެ. މަގު ހުރަސްކޮށް ވެއްޓިފައިވާ ގަހުގެ ގޮފިތައް ސީއެޗްއެސްސީގެ ފުރާޅަށްވެސް ކޮންމެސްވަރަަށް ގޮފިތައް ވެއްޓިފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރ ދުވަސްވަރެކެވެ. އަދި ވިލާގަނޑުގައި ވައި ބާރުވަމުންދެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ