އަމީރަށް ލަފާ ދިނުމަށް އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ

އަމީރަށް ލަފާ ދިނުމަށް އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 03:52
0

ފިނޭންސް މިނިސްތަރ އިބްރާހިމް އަމީރު އަށް ލަފާ ދެއްވުމަށް ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ ޑެވަރަޖަން ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ޑރ. ޑެވަރަޖަން ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިންގ ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއަރ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިކަމަށެވެ. ޑރ. ޝާންތާ ޑެވަރަޖަނަކީ ޖޯރޖްޓައުން ޔުނިވަރސިޓީގެ ޕްރެކްޓީސް އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ގެ ޕްރޮފެސަރެކެވެ. މީގެ ކުރިން، ވޯލްޑް މިޑްލް އީސްޓް، ނޯތު އެފްރިކާ އަދި ސައުތް އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު ގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.އަދި 1991 ވަނަ އަހަރާއި ހަމައަށް، ޑރ. ޑެވަރަޖަން ވަނީ ފަރވާޑް ޔުނިވަރސިޓީގައިވެސް މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން ޑރ. ޑެވަރަޖަން ވަނީ އިކޮނިމިކްސްގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ކެލިފޯނިއާ އިން ޕީއެޗްޑީ އަދި ޕްރިންސްޓަން ޔުނިވަރސިޓީ އިން ހިސާބު ސާބުގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ ޓީމާއި ޑރ. ޑެވަރަޖަން ގުޅުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ޑރ.ޑެވަރަޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޯވިޑް-19 ގެ ޕެންޑަމިކް ހާލަތުނާ އަރައިގަނެ، އިޤްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިޤްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮބާފެނިއްޖެ
އެއީ ކޮންގައުމަކަށް ނިސްބަތްވާ މީހެއްކަންބެސް ނޭގުނުަ؟