އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާތަކަށް

އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާތަކަށް

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 03:35
0

މއ. މޯނިންގ ވިއުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއަކަށް ވަގުތީ ހިޔާ ހަމަޖައްސާފައިވާކަމަށެވެ. މި 5 އާއިލާގައި ޖުމްލަ 32 މީހުން އެބަތިބިިއިރު އެމީހުންގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ޕޮޒިޓިވްވި މީހުން މިހާރު ވަނީ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޖެންސީން ދަނީ ކުރަމުންދާކަމަށެވެ. އެގޮތުން ކެއުމަށް ބޮލަކަށް 200 ރުފިޔާ އަދި ޒަރޫރީ ސާމާނާއި އަންނައުނު ހޯދުމަށް ބޮލަކަށް 1000 ރުފިޔާގެ މަގުން ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އަލިފާން ރޯވުމާއެކު އެގޭގައި ތިބި މީހުން ވަނީ އެވަގުތު އެތަނުން ބޭރަށް ނިކުމެފައެވެ. އަދި ބޭރަށް ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މއ.މޯނިންގ ވިއު ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 5:00 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއްނުވެއެވެ. މިހާދިސާ ހިނގީ މއ.މޯނިން ވިއުގެ 3 ވަނަ ފަންގިފިލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.