މިއަހަރުގެ މިހާތަނަށް 10 އަހަރުން ދަށުގެ 5،000 ވުރެ ގިނަ ކުދިން ޕޮޒިޓިވްވެފައިވޭ

މިއަހަރުގެ މިހާތަނަށް 10 އަހަރުން ދަށުގެ 5،000 ވުރެ ގިނަ ކުދިން ޕޮޒިޓިވްވެފައިވޭ

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 03:19
0

ރާއްޖޭގައި މިއަހަރުގެ ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރައްވައިފިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނޭތީ އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ވަނީ އެކި ފަހަރުމަތީން ފާޅުކޮށްފައެވެ. ޙާއްސަކޮށް އުމުރުން ހަނގު ކުދިން ކޯވިޑަށް ޕޮޒިޓިވްވާ މިންވަރު މިއަހަރު އިތުރުވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.

ކޯވިޑްގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އަދި މިހާތަނަށް އެންމެ ގިނަބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީވެސް މިމަހުއެވެ. މިމަހުގެ މިހާތަނަށް 29000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ ބަލިމަޑުގައި ރާއްޖެއިން މިހާތަނަށް 150 މީހުން މަރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 113 މީހަކު ވަނީ ބަލީގައި ނިޔާވެފައިވެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45000 އަށްވުރެމަތީގައެވެ. ރާއްޖެއިން ކޯވިޑްގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13757 މީހުންނެވެ. މިދިޔަ އަހަރު މިބަލީގައި ނިޔާވެފައިވަނީ 48 މީހުންނެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާިއބެހޭ ފަރާތްތަކުންވަނީ ދަންނަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.