ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަށް ނޫންކަމުގައި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހު ވަނީ ވަޒީރު ކަމުގައި އިންޓަނެޓްގެ އަގު ހެޔޮ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އިންޓަނެޓްގެ އަގުހެޔޮކުރަން ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަދައްކައި މިކަމުގައި ރައީސް އޮފީހަށް ވަނީ އިންޓަރނެޓްގެ އަގު ކުޑަކުރުމަށްޓަކައި ނިންމަންޖެހޭ ކަންކަން ނިންމުމަށްވެސް ފޮނުވާފައެވެ. ނަމަވެސް އޭރު ރައީސް އޮފީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ދެއްވާފައި ނުވެއެވެ.
މަލީހުގެއިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް ވަޒީރުކަމަށް ޝައުނާ އައްޔަން ކުރައްވާފައިވަނީ އެމިނިސްޓްރީ ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކަށްފަހު، މިނިސްޓްރީވެސް އުވާލައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމުގައި ވަނީ އެންވަޔަރަންމަންޓް، މިނިސްޓްރީއާއި ޓެލެކޮމިނިކޭޝަން މިނިސްޓްރީ އެއްކޮށްލާފައެވެ.
މިއަދު ސަރުކާރުން އިންޓަރނެޓަށް ގނައި ބަދަލުތަކާއި ގުޅިގެން މަލީހު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ދިވެހިންނަށް ހައްގުވާ މިންވަރު ނޫންކަމަށެވެ. މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގުތައް ސަރުކާރަށް އިއުލާން ކުރެވުނީ ވެސް އޭނާ މިނިސްޓަރުގައި ހުންނަވައި އާ އަގުތައް ފޮނުވިތާ ދެ އަހަރު ފަހުން ކަމަށެވެ. އަދި އިންޓަނެޓް އަގު ހެޔޮ ކުރިއިރު ތިން ޕެކޭޖަކުން އެކަނި އަގު ހެޔޮ ކުރުމުން މިއީ އަމާބުނީ ފަރަށްދާ އުސޫލުން ކޮށްފައިވާ ކަމެއްކަމަށް މަލީހު ވަނީ ސިފަ ކުރައްވާފައެވެ.
ފޮނުވިތާ 2 އަހަރު ފަހުން އަގު އިޢުލާން އެކުރީ އަމާބުނީތީ ފަރަށް ދާ އުސޫލުން. މިނިސްޓަރ ޝައުނާ އަދި ދަސްކުރައްވަން އެބަޖެހޭ ކޮންމެ އޮޕަރޭޓަރެއް އޮފާރކޮށްފަ އިން ޕްލޭން ތަކާއި ޕެކޭޖްތަކުގެ އަދަދުތައް. އެންމެ 3 ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފަރ ކުރަނީ. މިއީތޯ ހައްގު މިންވަރު؟
– މަލީހު ވިދާޅުވިއެވެ.
ފޮނުވިތާ 2 އަހަރު ފަހުން އަގު އިޢުލާން އެކުރީ އަމާބުނީތީ ފަރަށް ދާ އުސޫލުން. މިނިސްޓަރ ޝައުނާ އަދި ދަސްކުރައްވަން އެބަޖެހޭ ކޮންމެ އޮޕަރޭޓަރެއް އޮފާރކޮށްފަ އިން ޕްލޭން ތަކާއި ޕެކޭޖްތަކުގެ އަދަދުތައް .އެންމެ 3 ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފަރ ކުރަނީ. މިއީތޯ ހައްގު މިންވަރު? pic.twitter.com/kiJBf1Ozns
— Mohamed Maleeh Jamal (@maleehjamal) May 27, 2021
ސަރުކާރުން އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތައް މިއަދު އިއުލާންކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ސަރުކާރުން އިއުލާންކުރެއްވި އައު ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެއެވެ.
ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަޓާއި، ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ރަނގަޅު ކުރުމަށް އަންނަ އަހަރު ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާއިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ