އިންޓަރނެޓްގެ އަގު ޖުލައިން ފެށިން 30 އިންސައްތަ ކުޑަކޮށްފި

އިންޓަރނެޓްގެ އަގު ޖުލައިން ފެށިން 30 އިންސައްތަ ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 10:16
0

އިންޓަރނެޓްގެ އަގު ޖުލައި އެކަކުން ފެށިން 30 އިންސައްތަ ކުޑަވާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުންވަނީ އިންޓަރނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަހަރުގެ ޖުލައި މަހު، އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކެޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑް ބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. އަންނަ ޖުލައިއިން ފެށިގެން ދެ އެމްބީޕީއެސްއަށްވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓަލް ސްޕީޑަކީވެސް ދެ އެމްބީޕީއެސް އެވެ.

އަގުތަކަށް ބަލާއިރު 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ. އަދި 200 ޖީބީގެ އަގަކީ 700 ރުފިޔާއެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް 5 އެމްބީޕީއެސްއެވެ.

ބައިލް ބްރޮޑްބޭންޑްގެ އަގަށް %20 ބަދަލު އަންނާނީ 1 އޮކްޓޯބަރުން ފެށިގެންނެވެ.

އިންޓަރނެޓްގެ ޙިދުމަތް އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.