159،000 ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި

159،000 ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 މެއި 2021 02:48
0

ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 159،000 މައްޗަށް އަރައިފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުން ކޮންމެ ދުވަަކުވެސް ވަކި ވަގުތުތަކަށް ބަހާލައިގެން އެޗްޕީއޭއިން ގެންދަވަނީ ކުރައްވަމުންނެވެ.

ކޯވިޑުން ރައްކާތެރުވުމަށް ޖަހާ ވެކްސިން މިމަހުގެ 24 ވަނަ ދުވަހު ވަނީ 2235 މީހުން ޖަހާފައެވެ. މީގެތެރެއިން 780 މީހުންނަކީ ފުރަތަމަ ޑޯޒް ޖެހި މީހުންނެވެ. އަނެއް 1455 މީހުންނަކީ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭ ސަރަހައްދުން 24 ވަނަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 259 މީހުންނެވެ. އަތޮޅުތަކުން 521 މީހަކުވެސް ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މާލޭ ސަރަހައްދުން 378 މީހަކު ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި އަތޮޅުތަކުން ދެވަނަ ޑޯޒް ފުރިހަމަ ކުރީ 1077 މީހެކެވެ. މި އަދަދުތަކާއި އެކު ރާއްޖެއިން ކޯވިޑްގެ ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 159،530 އެވެ. ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދީ 307،210 އެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި މާލޭ ސަރަހައްދުގައި 11 ސެންޓަރެއް ގައި ވެކްސިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ގޭގައަށް ގޮސް ވެކްސިން ދިނުމަށް 4 މޮބައިލް ޓީމެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަތޮޅުތަކުގައި 240 ސެންޓަރެއް ޤާއިމުކޮށް އެތަންތަނުން ވެކްސިން ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން ވެކްސިން ހޯދާ ރާއްޖޭގެ އަބާދީގެ 69 އިންސައްތަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 35 އިންސައްތަ މީހުންވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.