ހިތަދޫ އަދި މާމެންދޫ ކޯޓަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވައިފި

ހިތަދޫ އަދި މާމެންދޫ ކޯޓަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 04:05
0

ދެ ރަށެއްގެ ކޯޓުގެ މެޖިސްޓުން އައްޔަންކޮށް، މަޤާމުގެ ހުވާކުރައްވައިފިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނުތަކުގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މިއަދު މަޤާމާއި ހަވާލުވެ ހުވާ ކުރެއްވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ސ.ހިތަދޫ ސެވެންސްޓަރ، އަލްއުސްތާޛާ ޒިޔާދާ ތާހިރު އާއި، ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ދ.ކުނަހަންދޫ ލިލަކު، އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އެވެ.

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛު ޒިޔާދާ ޠާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން އިން ބެޗްލަރ އޮފް ލޯސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަޤާމު 8 އަހަރު އަދާކުރައްވާފައެވެ. އަދި 01 އޭޕްރީލް 2019 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ގެ މަގާމުގައެވެ.

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ 2018ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ގެ މަޤާމުގައި 1 އަހަރާއި 10 މަސް ދުވަހު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.