ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަންއާއިމެދު ސުލޫކީ ފިޔަވަޅު އަޅައިފި

ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަންއާއިމެދު ސުލޫކީ ފިޔަވަޅު އަޅައިފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 12:00
0

ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބެލި ނ.ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައާއި ގުޅޭގޮތުން ކޮމިޝަނުން ވިދާޅުވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ 2 ޤަޟިއްޔާއަކުން އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކު ތަނާޒުލްވެފައި ވަނީ ޝަރީޢަތް ކުރުމާބެހޭ ޤަވާއިދުގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ 2 ވަނަ ނަންބަރުގައި އަދި އެ ނޫންވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި، ފަނޑިޔާރަކާއި ޙަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފަދަ ހާލަތެއްގައި ނޫންކަމަށެވެ.

އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު 3.1 އާއި ޝަރީޢަތް ކުރުމާބެހޭ ޤަވާއިދާއި ޚިލާފު ޢަމަލެއްކަމަށް ތަޚްޤީޤަށް ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މިމައްސަލާގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.