އަލީ ރަމީޒުގެ ޓްވީޓާ އެކައުންޓް އަނބުރާ ދީފި

އަލީ ރަމީޒުގެ ޓްވީޓާ އެކައުންޓް އަނބުރާ ދީފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 11:48
0

އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަށްފަހު މިއަދު އަލުން އެ އެކައުންޓް އަނބުރާ ދީފިއެވެ.

އަލީ ރަމީޒް މިއަދު ބުނީ އޭނާއަށް އަލުން އެކައުންޓް ލިބުނީ އެކަމުގައި އެތައް ބަޔަކު ކޮށްދިން ގިނަ މަސައްކަތްތަކަކާ ގުޅިގެން ކަމަށެވެ. އެހެންވެ އެ ހުރިހާ އެންމެންނަށް އަލީ ރަމީޒު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެ ހުރިހާ އެންމެނަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު އޭނާގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ދިން ނަމަވެސް ސަސްޕެންޑް ކުރި ސަބަބު ސާފެއް ނުވެއެވެ.

ޓުވިޓާއިން އެ އެކައުންޓް ހުއްޓުވިއިރު، އަލީ ރަމީޒަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އޭނާގެ އެކައުންޓް ހުއްޓުވިއިރު އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި އަޑުއުފުލި ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް އަލީ ރަމީޒު ޝެއާކޮށްފައިވެ އެވެ. މީގެ އިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައި ބޭއްވި އެއްވުންތަކުގެ ފޮޓޯތައް ވެސް ހިއްސާކުރިއެވެ.

ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔަތުއް ސަލަފާއެކު އަލީ ގެންދަނީ ދީނީ ޕްރަގްރާމްތައްވެސް ހުށައަޅައި ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަދާ
ވަރަށް އުފާވެއްޖެ