ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ފާހާނާ ހަދަން ނިންމައިފި

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ފާހާނާ ހަދަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 10:47
0

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބޭނުން ކުރަމުންދާ ފަރާތްތަކަށް ފާހާނާ ކުރުމަށް ދިމާވާ މައްސަލަ ހައްލުކޮށް ދިނުމަށް އެދެ މާރުކޭޓުގައި ފާހާނާ ހަދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ދެމާރުކޭޓުގައިވެސް ފާޚާނާ ކުރެވޭނެ ގޮތް ނެތުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ހުރިކަމެއްކަމަށެވެ. މިކަމަށް ހައްލު ގެނައުމަށްމިހާރު ނިންމައި ވަރަށް އަވަހަށް މަސައްކަތް ފެށިގެން ދާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސް މާރުކޭޓުގެ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، މަސް ވިއްކާ އަށިތައް ހަމަހަމަ އުސޫލުން ގުރުއަތުލައިގެން ދޫކުރަން ނިންމުމާއި، އައިސް ދައިމީކޮށް ލިބޭނެ ނިޒާމެއް ގައިމު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ކުދި މަސް ވިއްކާފަރާތްތަކަށް ކޮންމެ ހުކުރު ދުވަހަކު މަސްވިއްކުމުގެ ހާއްސަ ހުއްދަ ދޫކުރުމާއި، ހުރިހާ ދުވަހަކު މާރކޭޓު ސާފު ކުރުމުގެ އުސޫލެއް ގައިމް ކޮށް، ފަޅުތެރޭ މަސް ވިއްކާ ފަރާތްތަކަށް ކަނޑައަޅާ އުސޫލެއްގެ ދަށުން ހާއްސަ ފައްތިޔަ ދޫކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އެން ހިފާ ފަރާތްތަކަށް ހުރަސް ތޮށީގެ އިރަށް އޮންނަ ސަރަހައްދުން ކަނޑައަޅާ އުސޫލެއްގެ ދަށުން ވަގުތީ ހުއްދަ ދިނުމާއި، ކާނުތައް ސާފުކޮށް އާ ކާނުތަކެއް ހެދުމުގެ އިތުރުން މަސް މާރްކޭޓުގައި ބޭނުންކުރާ ފެނަކީ ރައްކާތެރި ފެނެތޯ ބަލާ ރެގިއުލޭޓް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. 

މިކަންކަމަކީ މާލެ ސިޓީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި މަސްވެރިންނާއި، މާރުކޭޓް ބޭނުން ކުރަމުންދިޔަ ފަރާތްތަކުން އެންމެ ބޮޑަށް ފާޅު ކުރަމުންދިޔަ ކަންބޮޑުވުންތަކެވެ. މިކަންކަމަށް އަވަސް ހައްލު ތަކެއް ގެނައުމަކީ އެންމެ ބޮޑު އަމާޒުކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.