ހިތްދަތި ދުވަހެއް، މިއަދު އެކަނިވެސް 11 މަރު

ހިތްދަތި ދުވަހެއް، މިއަދު އެކަނިވެސް 11 މަރު

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 10:52
0

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ 11އަކަށް އަރައފިއެވެ.

މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 139އަކަށް އަރާފައެވެ. މިއަދުވެފައިވަނީ ކޯވިޑް ބަކީގައި އެންމެ ގިނަ މީހުން ނިޔާވި ދުވަހުގެ ގޮތުގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމީހާ ނިޔާވެފައިވަނީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީ ގައި ފަރުވާދެމުންދަނިކޮށް 10:15 ގައިކަމަށެވެ. މިބަލީގައި މިއަދު ނިޔާވި 11ވަނަ މީހާއަކީ އުމުރުން 86 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެކުރިން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 86 ޖަޕާނު ފިރިހެނެކެވެ. ފަހަކަށް އައިސް މިބަލީގައި ނިޔާވާ އުމުރުން 50 އަހަރުން ދަށުގެ މީހުން އިތުރުވަމުން އަންކަންވަނީ ފަހަގަވެފައެވެ. އެހެންނަމަވެސް މިހުރިހާ މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންކަންވެސް އެޗްޕީއޭއިނ ފަހަގަކުރައްވައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ޢަދަދވެސް ނިޔާވާ މީހުންގެ ތެރޭގައި އިތުރުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 23 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 64 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 26،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.

ކޯވިޑްގައި މިއަދު 11 މީހުން މަރުވެފައިވާއިރު މީގެތެރެއިން 10 މީހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިބަލީގައި އިތުރު މީހަކު މިއަދު ނިޔާވެފައިވަނީ ޅ.ހިންނަވަރު ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.