ހުޅުމާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ޝުޖާ އިސްވެހުރެ މަސައްކަތް ފަށައިފިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ފުރަތަމަ ފަހަރަށް ހުޅުމާލެއަށް އިންތިޚާބުވި ކައުންސިލަރު ޝުޖާ ގެންދަވަނީ ހުޅުމާލޭގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޤާނޫނުގެ ދަށުން ހުޅުމާލޭގެ ހުރިހާ ޚިދުމަތެއް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިވަގުތު ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުންދާ އެޗްޑީސީއާއި ގުޅިގެން މިއަދު ވަނީ ހުޅުމާލޭގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް ހާއްސަ ހަރަކާތެއް ހިންގާފައެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު ޝުޖާއާއި، އެޗްޑީސީއާއި ގުޅިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި މިއަދު ހުޅުމާލެ 1-7 ފުލެޓާއި ދެމެދު ހުރި ކުނި ފުނިތައްވަނީ ނެގިފައެވެ. އަދި ޖުމްލަ 06 ޓަނު ކުނި އުކިފައިވާކަމަށް ޝުޖާވަނީ ވިދާޅުވެފައެވެ.
﷽
ކުނީގެ މައްސަލަ އަކީ ހުޅުމާލެ އަަށް ދިމާވެފައިވާ ބޮޑު މައްސަލަ އެއް.ވަކިން ހާއްސަކޮށް ލޮކްޑައުން އާއި ގުޅިގެން ގޭތެރޭގައި އުފެދޭ ކުނީގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ.ހުޅުމާލޭގެ ނޭބަރހޫޑް ތަކުގެ އެކިއެކި ސަރަހައްދު ތަކުގައި ފުނިފުންޏަށް 1/4 pic.twitter.com/H8quB2Ck9S— Ibrahim Shujau (@shuja3831) May 24, 2021
ޝުޖާ ވިދާޅުވީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ކައުންސިލާއި، ރައްޔިތުން ވަރަށް ބޮޑަށް ގުޅި ލާމެހިގެން ކަމުގައި ދެކޭކަމަށެވެ. މުސްތަޤުބަލުގައި އެކުލަވާލެވޭ އުސޫލް ތަކަށް ހުރިހާ އެންމެންވެސް ބޯލަނބާ ކިޔަމަން ތެރިކަން އަދާކޮށްގެން، ޗާލު ހުޅުމާލެ އެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޝުޖާ ވިދާޅުވިއެވެ. ކުނީގެ މައްސަލަ އަކީ ހުޅުމާލެ އަަށް ދިމާވެފައިވާ ބޮޑު މައްސަލަ އަށްވާއިރު، ވަކިން ހާއްސަކޮށް ލޮކްޑައުން އާއި ގުޅިގެން ގޭތެރޭގައި އުފެދޭ ކުނީގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މިކަން ކޮށްދެއްވުމަށް ހުޅުމާލޭގެރައްޔިތުންގެ ފަރާތުން ޝުޖާ ވަނީ އެދިފައެވެ.
ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އިއްޔެވަނީ ހުޅުމާލޭގެ ސަހަރާ މިސްކިތުގައި ކަށުނަމާދަށް ދާމީހުންނަށް ހާއްސަކޮށްގެން 4 ފަހާނަ ހެދުމަށް ނިންމަފައެވެ.
ކޮމެންޓު ފޮނުވާ