ކޯވިޑަށް ފަރުވާ ދެމުން ދިޔަ 4 މީހަކު މިއަދު ނިޔާ ވެއްޖެ

ކޯވިޑަށް ފަރުވާ ދެމުން ދިޔަ 4 މީހަކު މިއަދު ނިޔާ ވެއްޖެ

Author
ހުސެއިން
24 މެއި 2021 09:53
0

ކޯވިޑް19އަށް ފަރުވާ ދެމުން ދަނިކޮސް، 4 ވަނަ މީހަކު މިއަދު ނިޔާވެއްޖެކަން އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.

އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، މިއަދު ނިޔާވި 4 މީހުންގެ ތެރެއިން ރޭ ދަންވަރު 3:18ގައި އުމުރުން 77 އަހަރުގެ ފިރިހެނަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ވަނީ ނިޔާވެފައެވެ. އަދި 4 ވަނަ މީހާ ނިޔާވެފައިވަނީ ފަތިހު 6:55ގައި ހުޅުމަލޭ ކޯވިޑް ފެސިލިޓީގައެވެ. އޭނާ އުމުރުން 93 އަހަރު ކަމުގައިވެސް އެޗްޕިއޭއިން ހާމަ ކޮށްފައިވެއެވެ.

އެޗްޕީއޭއިން ކުރިން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ނިޔާވެފާ ފުރަތަމަ މީހާއަކީ އުމުރުން 81 އަހަރުގެ ފިހިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:02 ގައެވެ. މިއީ މިބަލީގައި ރައްޖެއިން ނިޔާވި 130 ވަނަ މީހާއެވެ.

މީގެ އިތުރުން އުމުރުން 58 އަހަރުގެ އަންހެނެކުވެސް ރޭ ދަންވަރު 4:25ގައި ނިޔާވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ޓުވީޓު ކޮށްފައި ވެއެވެ. މިއީ ކޯވިޑް ބަލިގައި ރާއްޖޭގައި ނިޔާވި 131 ވަނަ މީހާއެވެ.

މިއަދު ނިޔާވި 4 މީހުންނާއެކު މިހާތަނަށް ކޯވިޑް ބަލާިގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 133 އަށް އެރީއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާއިރު މިބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މިގޮތުން އިއްޔެވަނި ކޯވިޑް-19އަށް އިތުރު 1559 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،135މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 401މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 20 މީހުން އަދި ސަފާރީތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 55،924އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 510 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 32،322މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 23،464މީހުން ފަރުވާ ހޯދަމުންދާއިރު 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،834 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 131މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.