ޝެހެނާޒް ގިލްގެ ޑައިޓް

ޝެހެނާޒް ގިލްގެ ޑައިޓް

Author
ފާތިމަތު ނާވީ
25 މެއި 2021 06:30
0

ބިގް ބޮސް 13 ގައި ބައިވެރިޔާ ޝެހެނާޒް ގިލް އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދަމުންއަންނަ ފަންނާނެކެވެ. އެގޮތުން އޭނާގެ ވާހަކަތައް ފަނޑުނުވެ ދެކެވެމުން ދެއެވެ. ހާއްސަކޮށް އޭނާގެ ބަރުދަނަށް އައި ބަދަލުގެ ވާހަކަ މިފަހަކަށް އައިސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވާހަކަ އަކަށް ވަނީ ވެފައެވެ.

ބެލުންތެރިންގެ އެންމެ ބޮޑު ސުވާލަކީ އޭނާ މިހާ ބޮޑަށް ބަރުދަން ލުއި ކުރީ ކިހިނެތް ތޯއެވެ. މި ސުވާލަށް ޖަވާބު ދެމުން ޝެހެނާޒް ބުނެފައިވަނީ އޭނާ ދެކޭ ގޮތުގައި އެއީ ރަނގަޅު ޑައިޓެއްގެ ނަތީޖާއެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

އޭނާގެ ޑައިޓުގައި ހިމެނެނީ ހެނދުނު އެންމެ ފުރަތަމަ އެޕަލް ސިޑާ ވިނެގަރ އާއި ދެން މުޅި ދުވަހަށް ދެ ރޮއްޓާއި މުގު ރިހަ އެވެ. މީގެ އިތުރުން ހަވީރު ސައިތައްޓެއް ބުއިންވުން ހިމެނޭ ކަމަށް ޝެހެނާޒް ބުނެއެވެ.

މި ޑައެޓްގެ އިތުރަށް އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް އޭނާ ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.