ކޯވިޑް ބަލީގައި ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަތުހީ އަވަހާރަ ވެއްޖެ

ކޯވިޑް ބަލީގައި ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަތުހީ އަވަހާރަ ވެއްޖެ

Author
ހުސެއިން
23 މެއި 2021 06:28
0

ކޯވިޑް-19ގައި ފަރުވާދެމުން ދަނިކޮށް، ކުރީގެ އޮޑިޓާ ޖެނަރަލް އިސްމާއީލް ފަތުހީ އަވަހާރަވެއްޖެއެވެ.

އިސްމާއީލް ފަތުހީ އަވަހާރަ ވެފައިވަނީ ކޯވިޑް 19އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށެވެ. ފަތުހީއާއިއެކު، އަނބިކަނބަލުން ވެސް ކޯވިޑަށް ޕޮޒިޓިވްވެ ގެންދަވަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.

1993 އިން ޖެނުއަރީ 16، 2008 އަށް އޭނާ ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އަދި އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވެ އެވެ. ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ރާއްޖޭގައި ބުކްކީޕިން ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމާއި އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްކުރާ މީހުން މާލެ ގެނެސް ތަމްރީނުކުރުމުގައި އިސްމާއިލް ފަތުހީ ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައެވެ.

އިސްމާއިލް ފަތުހީއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ދީފަ އެވެ. އޭރު ވެސް އޭނާ އުޅުއްވަނީ އާލާސްކަންފުޅާ އެވެ.

އިސްމާއިލް ފަތުހީ އަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބް އަލްއުސްތާޒް މޫސާ ފަތުހީގެ ކޮއްކޮއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.