ކޯވިޑް19އަށް ޕޮޒިޓިވްވި މީހަކު ނިޔާވެއްޖެ

ކޯވިޑް19އަށް ޕޮޒިޓިވްވި މީހަކު ނިޔާވެއްޖެ

Author
ހުސެއިން
23 މެއި 2021 12:39
0

ކޯވިޑް19އަށް ޕޮޒިޓިވްވި މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 10:49ގައި ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ އަންހެނެކެވެ.

މިއީ ކޯވިޑް ބަލީގައި ރާއްޖޭގައި ނިޔާވި 125 ވަނަ މީހާއެވެ.

ކޯވިޑް19އަށް ޕޮޒިޓިވެ މިއަދު ހެނދުނު އުމުރުން 65 އަހަރުގެ ފިރިހެނަކުވެސް ވަނީ ނިޔާވެފައެވެ.

ކޯވިޑް19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާއިރު، ރާއްޖެއިން އިތުރު 1،960 މީހުން ކޯވިޑް-19އަށް އިއްޔެވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،518 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 431 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 11 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 54،365އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ 615 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 31،812 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.

އެގޮތުން މިވަގުތު ބައްޔަށް 22،421 މީހުން ފަރުވާ ހޯދަމުންދާއިރު 294 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.